ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ، ކެޓް، ޕެޓް، އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން

އިޢުލާން

2016 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ، ކެޓް، ޕެޓް، އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން: 

2016 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2016 ސެޕްޓެންބަރު 1 އިން ފެށިގެން 2016 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފުސީލު މި ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށެވެ. ފޯމު ހުށަހަޅާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނަންވާނެއެވެ. އެޕްލިކޭޝަންފޯމާއި ފީ ޝީޓު މި ޑިޕާޓްމަންޓުންނާއި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ