ދިވެހިރާއްޖެ
އިޢުލާން
މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން
މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކާ ގުޅިގެން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި އެހެނިހެން ބައެއް މަސައްކަތް ކުރުމަށް މީހުންގެ ޚިދުމަތް ހޯދަން ކުރެވުނު ނަންބަރު(IUL)120/1/2016/41 އިޢުލާނަށް ހުށަހެޅި އަންދާސީހިސާބު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.
20 ޛުލްޤަޢިދާ 1437