އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
400 ޖީބީ އެސް އެސް ޑީ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތިރީގައި މިދަންނަވާ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

Description

Item #

Dell LB406M 400GB SAS SSD 1000 RPM

03 Nos

ހުށަހަޅަންވީ ތަކެތި

  • އަންދާސީހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
  • ކުންފުނީގެ މަޢުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ.)
  • ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން 01 މާރިޗު 2015 އިން 20 އޮގަސްޓު 2016 ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ (މޭ 2016 އިން ޖުލައި 2016 އަށް ) އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ހުށަހަޅަންވާނެއެވެ.
  • މަދުވެގެން 1 އަހަރުދުވަހުގެ ވޮރަންޓީއެއް ހުށަހެޅުން.

ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

75

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

2

ތަޖުރިބާ

10

މަސައްކަތާ ގުޅުން ހުރި 01 ލިޔުމަށް – 2.5 މާކްސް

މަސައްކަތާ ގުޅުން ހުރި 02 ލިޔުމަށް – 5 މާކްސް

މަސައްކަތާ ގުޅުން ހުރި 03 ލިޔުމަށް – 10 މާކްސް

3

މުއްދަތު

5

އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތައް ގިނަ މާކްސް ލިބޭ ގޮތަށް ފްރެކްޝަން އުސޫލުން

4

މާލީ ހާލަތު

10

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/ އޮޑިޓް ރިޕޯޓަށް ބަލާފައި

އަންދާސީހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް ހާޑް ޑިސްކް ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި، އިޢުލާނުގެ ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 25 ވާ ބުދަދުވަހު 10:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އެޑްމިން ބްލޮކް (ފުރަތަމަ ފަންގިފިލާ) ގެ ކޮންފަރަންސް ރޫމުގައެވެ. އަދި ބިޑުތައް ހުޅުވާނީ ބިޑު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ބާޠިލު ކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން

2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3- ޚިދުމަތްދޭ ފަރާތާ ތިމާގެކަމުގެ ގުޅުމެއް ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މި ތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

22 އޮގަސްޓް 2016
ހޯދާ