ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)459-A/1/2016/45 އިޢުލާން ބާޠިލުކޮށް، އަލުން މި މިނިސްޓްރީއަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ ވިއްކަވަން ބޭނުންފުޅުވާ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 1 ވާ އާދީއްތަ ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
18 ޛުލްޤަޢިދާ 1437