މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

މި އޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން  ބޭނުންވެއްޖެއެވެ.

މަޤާމު:                   އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ

މުސާރަ:                  މަހަކު -/5,000 ރުފިޔާ

ސަރވިސް އެލަވަންސް:          މަހަކު -/3,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް:  އަސާސީ މުސާރައިގެ %35  (-/1,750 ރުފިޔާ)

ކޮއްތު ފައިސާ:              އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ  

ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް:    މާލެއާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް

ބޭނުންވާ އަދަދު:             03 (ތިނެއް)

މަޤާމުގެ ޝަރުޠު: ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން.

މަތީގައި ދަންނަވާފައިވާ މަޤާމުގައި މަސައްކަތްކުރާ މީހުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހެއްގައި މަސައްކަތްކުރުމުން ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

ނޯޓް:

  1. މި މަޤާމަށް މީހުން ހޮވާނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މި މަޤާމަށް ހޮވޭ މީހުންގެ އެއް އަހަރުދުވަހުގެ ޕާފޯމަންސަށް ބަލައި، ޕާފޯމަންސް ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. މީގެ ތެރެއިން އެއް މުވައްޒަފަކު ފުރަތަމަ މަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ ކަސްޓަމްސް ގައެވެ.
  3. މި ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމްތަކުގެ ތެރެއިން މި އޮފީހުން ބަލައިގަނެވޭނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށްއެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު ކޮޕީ)
  3. ސްކޫލް ލީވިންގ ސެޓުފިކެޓު
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ                               

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު (ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު) ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ