ދިވެހިރާއްޖެ
މަޤާމް :ކައުންސެލިންގ ކޯޑިނޭޓަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން
މިނިސްޓްރީގެ ދަށުން ހިނގާ ކުޑަކުދިންގެ ހިޔާގައި ކައުންސިލިންގ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
މި މިނިސްޓްރީގެ ދަށުން ވިލިނގިލީއަވަށުގައި ހިނގާ ކުޑަކުދިންގެ ހިޔާގެ ކުދިންނާއި މުވައްޒަފުންނަށް ކައުންސިލިންގ ދިނުމަށްޓަކައި ކައުންސެލިންގ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ކައުންސެލިންގ ކޯޑިނޭޓަރުގެ މައިގަނޑު މަސައްކަތްތަކާއި، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި މަސައްކަތުގެ މުއްދަތާއި އުޖޫރަ މި އިޢުލާނާއެކުވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ. މި ޓަރމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓު www.mlg.gov.mv އިން ވެސް ލިބެން ހުންނާނެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް 2016 އޮގަސްޓު 30 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ފޮނުއްވައިދެއްވުން އެދެމެވެ.
18 ޛުލްޤަޢިދާ 1437