ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ ލެބޯޓަރީ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު

 މަޤާމު:

 ސީނިއަރ ލެބޯޓަރީ އެސިސްޓެންޓް

 ބޭނުންވާ އަދަދު:

 1 (އެކެއް)

 މަޤާމުގެ ރޭންކް:

 ޖީއެސް 4

 މަޤާމުގެ ކުލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ގއ. އަތޮޅު ތައުލީމީ މަރުކަޒު

 މުސާރަ:

 މަހަކު -/2010 ރުފިޔާ

 ސަރވިސް އެލަވަންސް:

 މަހަކު -/1500 ރުފިޔާ

 އިތުރުގަޑީގެ ފައިސާ:

 އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ލެބޯޓަރީއަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް އެންޓްރީކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ސްޓޮކް ކުރުން.
  2. ލެބޯޓަރީގެ ސްޓޮކުގައި ހުރި ކެމިކަލްސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއެކު، ތަކެތީގެ ރެކޯޑު ބެލެހެއްޓުން. އަދި މުއްދަތު ހަމަވާ ކެމިކަލްތައް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ނައްތާލެވޭނެ ނުވަތަ ފޮނުވާލެވޭނެ ގޮތެއް ހަމަޖެއްސުމާއެކު، ކުދީންނަށް އެނގޭގޮތަށް ލޭބަލްކޮށްފައި ބެހެއްޓުން.
  3. ދަރިވަރުންނަށް ލެބޯޓަރީގައި ނެގޭ ފޯމަލް ކްލާސްތަކާއި އިންފޯމަލް ކްލާސްތަކަށް ލެބޯޓަރީ ތައްޔާރުކުރުމާއެކު، ކްލާސްތަކަށް ބޭނުންވާ ކެމިކަލްތައް ތައްޔާރުކޮށް، ކުދީންނަށް ރައްކާތެރި ގޮތެއްގެ މަތީން ލިބޭނެކަމަށް ނޯޓިސްބޯޑުގައި ބެހެއްޓުން. އަދި ލެބޯޓަރީގައި ނެގޭ ކްލާސްތަކުގެ ރެކޯޑު ބެލެހެއްޓުން. 
  4. ލެބޯޓަރީގައިވާ ކެމިކަލްތަކާއި ސާމާނުތަކުގެ ރެކޯޑު ބެހެލެއްޓުމާއި، ދަރިވަރުންގެ ކްލާސްތައް ޓޭބަލްކޮށް  ބެލެހެއްޓުމާއެކު ދަރިވަރުންނަށް އެނގޭނެ ފަދަ ގޮތެއްގެ މަތީން ނޯޓިސްބޯޑުގައި ބެހެއްޓުން. އަދި ލެބޯރެޓަރީގައި ނެގޭ ކްލާސްތަކުގެ ރެކޯޑު ބެލެހެއްޓުން.
  5. ލެބޯރެޓަރީގެ ޕީރިއަޑްތައް މާސްޓަރޓައިމް ޓޭބަލަށް ބަލައިގެން ހަމަޖައްސަވާ އެކަން ޓީޗަރުންނަށް އެންގުމާއެކު އެޕީރިއަޑްތައް ކުރިއަށްދާ ވަގުތުތަކުގައި ޓީޗަރަށް އެހީތެރިވެދީ ކަނޑައެޅިފައިވާ ގަވާއިދުގެ ދަށުން ކުރިއަށް ގެންދިއުން.

 މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތުގެ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން:

  • މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިންޓަރވިއު އޮންނާނީ، 30 އޮގަސްޓު 2016 އާއި 31 އޮގަސްޓު 2016 އާ ދެމެދުގެ ތާރީޚެއްގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 މަޤާމަށް އެދެންވީ ގޮތާއި  ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

 ނޯޓް:

މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެންއިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާފަރާތްތަކުން، މި ސްކޫލުގެ 6820029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016
ހޯދާ