މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ނެޓްބޯޅަކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާބެހޭ:                                

މިރަށުގެ ސްޕޯޓްސް އެރީނާ ސަރަޙައްދުގައި މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ނެޓްބޯޅަކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.

  • އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގަށް

މަސައްކަތުގެ މުއްދަތަށް

މަސައްކަތާއިގުޅޭ ތަޖުރިބާއަށް

ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް

ޖުމްލަ

80%

10%

5%

5%

100%

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ