މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށީގައި ތިއްބަވާ ސިފައިންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓިގެ އެދިލެއްވުމުގެ މަތިން، ހދ. ކުޅުދުއްފުށީގައި ތިއްބަވާ ސިފައިންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަންކުރެވުނު ނަންބަރު (IUL)13-K1/13/2016/121 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2016 އޮގަސްޓު 24 އިން 2016 ސެޕްޓެންބަރު 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަނުގައި ނަން ނޯޓުކުރެއްވުން އެދެމެވެ.  

3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 11:00 ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަންގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 29 ބުރާސްފަތި ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5. މި ޕްރޮޖެކްޓްގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

6. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ހދ. ކުޅުދުއްފުށީގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

7. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރިމަންޓް ބާޠިލުކުރެވިއްޖެނަމަ، އެ އެގްރިމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް އެކްސްޕީރިއެންސްގެ ބައިން ފާހެއްނުވާނެއެވެ.

8. އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭނެ ގޮތް ޓެންޑަރ ޑޮކިޔުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349106  ،  3349102

އީމެއިލް :  [email protected]

ކޮޕީ   : [email protected]

21 އޮގަސްޓް 2016
ހޯދާ