މަޤާމު: ޑްރައިވަރ
|
މުސާރައާއި އެލަވަންސް
|
މަހަކު -/6200 ރުފިޔާ
|
މަޤާމުގެ ރޭންކް
|
SS 2
|
ބޭނުންވާ ޢަދަދު
|
6
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޝަން / އިންފްރާސްޓަރަކްޗަރ އެންޑް ލޮޖިސްޓިކް
|
މަޤާމުގެ ޝަރުޠު:
|
ގްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
(A-01, B-01, C-01,C-02) މި ކެޓަގަރީތަކުގެ ލައިސަންސް އޮންނަ މީހަކު ކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގައި ހުއްދަ އޮންނަ ކެޓަގަރީތަކާއި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެހިކަލް ދަތުރުތައް ކުރުން.
- ކުންފުނީގެ ވެހިކަލްތައް ދުއްވުމުގައި ރައްކާތެރިކަމާއެކު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވުން
- ކުންފުނީގެ ވެހިކަލްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޗެކުކުރުން.
- ކޮންމެ ދުވަހަކުވެސް އެ ދުވަހެއްގައި ދުއްވާ ވެހިކަލް، ދަތުރުތައް ފެށުމުގެ ކުރިން ޗެކްކޮށް އެއްވެސް މައްސަލައެއް ހުރިނަމަ އެކަން ލޮގްފޮތުގައި ނޯޓުކުރުން. އަދި އެކަން ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާ އެ ވަގުތު ހަވާލުވެ ހުންނަ ފަރާތަކަށް އެންގުން.
- ވެހިކަލްތަކުގެ ފިއުލް ހުސްވުމުގެ ކުރިން ފިއުލް އަޅައި، ފިއުލް އެޅިކަމުގެ ސްލިޕް ކުންފުނީގެ ޓްރާންސްޕޯޓްގެ ކަންތައްތަކާއި އެ ވަގުތަކު ހަވާލުވެ ހުންނަ ފަރާތަކާ ޙަވާލުކުރުން.
- ޓްރާންސްޕޯޓްގެ ކަންތައްތަކާއި ހަވާލުވެ ހުންނަ ފަރާތަކާ ގުޅިގެން ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުން
- ރަސްމީ ދަތުރުތަކުގައި، ވެހިކަލަށް ތަކެތި އެރުވުމާއި، ބޭލުމުގައި ޢަމަލީގޮތުން ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
- މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|