ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކިނބިދޫ ގަބުރަސްތާނުގެ ފާރުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ކިނބިދޫ ކުޑަމިސްކިތުގެ ދެކުނުފަރާތުގެ ގަބުރަސްތާނުގެ ފާރު (228 ފޫޓު) ގެ މިހާރު ހުރި ބައި ތަޅައި އުކާލައި ބިންސާފުކޮށް، 4 ފޫޓު އުސްމިނުގައި (މިހާރު އަލަށް ރާނާފައިހުރި ތިރިފާރާ އެއްވަރަށް) ފާރު ރޭނުމާއި، ސިމެންތި ޖެހުމާއި، ކުލަލުމުގެ މަސައްކަތާއި، މިހާރު ރާނާ ނިމިފައިހުރި 4 ފޫޓުގެ ފާރުގައި ކުލަލުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 11:00 ގައި މި އިދާރާގައެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައެއްނުވެއެވެ. ކުންފުންޏެއް ނުވަތަ މީހެއްގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 6780031 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ