ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

އިޢުލާން

ތިލަފުށި ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ތިލަފުށި ކޯޕަރޭޝަނުން ތިރީގައި މިދަންނަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ތިލަފުށީގެ ފަޅު ހިއްކުން
  2. ޝޯރ ޕްރޮޓެކްޝަން
  3. ޝީޓްޕައިލް

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

30 އޮގަސްޓު 2016

10:30 ގައި

ޕްރޮޕޯޒަލް ހުށަހެޅުން  އަދި ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

7 ސެޕްޓެންބަރު 2016

10:30 ގައި

ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މުހިންމު މަޢުލޫމާތު

  • ޕްރޮޕޯޒަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ޕްރޮޕޯޒަލްގެ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯޒަލްތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވަންވާނީ ބަނދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަނުގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

Fen Building/ 4th floor                                                                       ފެން ބިލްޑިންގ/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                                      އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                      ފޯން: 3307513 ، 3307515 ފެކްސް: 3307514

18 އޮގަސްޓް 2016
ހޯދާ