ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.
|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑްރައިވަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސިސްޓެންޓް
|
މުސާރައާއި އިނާޔަތްތައް
|
މަހަކު -/8,000 ރުފިޔާއާއި -/12,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
ޝަރުޠު
|
1. ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C1 ފާސް އޮތުމާއެކު، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
2. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން، ނުވަތަ ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަނުން މާލޭގައި ކުނި އުފުލުމުގެ ޚިދުމަތް ޤާއިމުކުރުމުން، އެދަތުރުތައް ކުރުން.
- ދަތުރުތަކުގައާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދު ސާފުކޮށް ބެލެހެއްޓުމާއި، ކަމާ ގުޅުންހުރި ރިޕޯޓުތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ދަތުރުފަތުރުކުރުމުގައްޔާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި، ހާދިސާއެއް ދިމާވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރިޕޯޓުކުރުން.
- އުޅަނދަށް ބޭނުންވާ ތެޔޮ އެޅުމާއި، ކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
- އުޅަނދަށް ބޭނުންވާ ވަސީލަތްތައް ގަތުމާއި، ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އުޅަނދުގެ ދަތުރުގެ ލޮގު ބެލެހެއްޓުމާއި، ތެލާއި ދަތުރު މީޓަރު ދިމާވޭތޯ ބެލުމާއި ރިޕޯޓްކުރުން.
- ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ރަނގަޅަށް މުޢާމަލާތުކުރުން.
- ރާއްޖޭގައި ހެދިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙުތިރާމްކޮށް ޢަމަލުކުރުން.
- މީގެ އިތުރުން، ކުންފުނިން ރާވައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
- ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް، ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައިއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ.)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސްރިޕޯޓު (ނެގި ފަހުން 03 މަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި:
|
- 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައިއޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.
|
އިންޓަރވިއު:
|
- އިންޓަރވިއު އާއި އިމްތިޙާން ކުރުން، އޮގަސްޓު 24 ން 31 އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައިއޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
- ކޯޕަރޭޝަނުން އިންޓަރވިއުއާއި އިމްތިޙާނުކުރުމަށް ގުޅާނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް - ނަންބަރު 3000581 / 7584070 އަށް ގުޅުއްވުން އެދެމެވެ.
|
14 ޛުލްޤަޢިދާ 1437
|