| 
 މަޤާމު 
 | 
 އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 
 | 
 ރޭންކް: GS4 
 | 
| 
 މުސާރަ 
 | 
 މަހަކު -/5020 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1500 ރުފިޔާ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ 
 | 
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ    
 | 
 1- އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 . 
2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 
3- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ 
 | 
| 
 ސެކްޝަން 
 | 
 ސްޓޭކް ހޯލްޑަރ ރިލޭޝަންސް 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- މި އެޖެންސީގެ ސްޓޭކް ހޯލްޑަރ ރިލޭޝަންސް ސެކްޝަންއަށް ލިބޭ ސިޓީތަކާއި މެސެޖްތަކަށް ސެކުޝަނުގެ ވެރިއެއްގެ ލަފާގެ މަތިން ޖަވާބު ދިނުން.
 
- އެންސްޕާ އިން ހިންގާ ތަފާތު ޕްރޮގްރާމުތަކާގުޅޭ ޕްރެސް ރިލީސް އަދި އަތްމަތީ ފޮތް ނުވަތަ ބްރޯޝަރ ތައްޔާރުކުރުން.
 
- އޮފީހުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޕަބްލިކް ރިލޭޝަންސްގެ ޢަމަލީ މަސައްކަތްތައް ރާވައި ހިންގުމުގެ އެންމެހައި ކަންކަން އޮފީސް ހިންގެވުމާ ހަވާލުވެހުރި އެންމެ އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން
 
- މި އިދާރާގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އާއްމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ފޯރުކޮށްދިނުން.
 
- މި އިދާރާއިން ހިންގާ މުހިންމު ޙަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދިނުން .
 
- ރާއްޖޭގެ އެކިއެކި މީޑިއާތަކުގައި ހުންނަ މި އެޖެންސީއާ ގުޅުން ހުންނަ ޚަބަރާއި މަޢުލޫމާތު ބަލައި، ސެކްޝަންގެ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުވެ ހުންނަވާ ފަރާތުގެ ސަމާލުކަމަށް ގެނެސްދިނުމާއި، އެ ޚަބަރަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސެކުޝަންގެ ވެރިއެއްގެ ލަފާފުޅާއެކު އަޅަމުން ގެންދިއުން.
 
- އެކިއެކި މުނާސަބަތުތަކާއި ޖަލްސާތަކުގައި މި އިދާރާގެ އެންމެ އިސްވެރިޔާ ދެއްވާ ސްޕީޗްތަކާއި ޚިޠާބު ޓައިޕްކުރުން.
 
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
 
  | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- މީޑިއާ ޕަބްލިކް ރިލޭޝަންސް / މާސް ކޮމިއުނިކޭޝަން / ޖާނަލިޒަމްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 
 
- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
 
 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މީޑިއާ
 
-  ޕަބްލިކް ރިލޭޝަންސް / މާސް ކޮމިއުނިކޭޝަން / ޖާނަލިޒަމްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
  | 
| 
   
ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 
3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިއެޖެންސީގެ www.nspa.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
 
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
  | 
| 
 ސުންގަޑި 
 | 
 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)  އަށް 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 
 | 
 2016 ވަނަ އަހަރުގެ އޮގަސްޓު ނުވަތަ ސެޕްޓެންބަރު މަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ ގައި) 
ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3005323 އެވެ. 
 |