މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމު ޤާއިމު ކުރުމަށް

އިޢުލާން

ރ. މާކުރަތުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމު ޤާއިމު ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިދާރާގެ ނަންބަރު: (IUL)/305/305/2016/66 (1 އޮގަސްޓު 2016) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި ރ. މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 ގައި ރ. މާކުރަތު ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

ހ. ރ. މާކުރަތު ސަހަރާ، މަސްޖިދުލް އަންވާރު، މަސްޖިދުއްރިޟުވާން އަދި ރ. މާކުރަތު ކައުންސިލުގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ރ. ބީލަންފޮތުގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަ ނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6580015 ނަންބަރަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016
ހޯދާ