ދިވެހިރާއްޖެ
އިޢުލާން
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ވިލިނގިލީ އަވަށުގައި ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' (ކުނި މެނޭޖް ކުރުމުގެ މަޝްރޫޢުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދުތަކުގެ ބަރުދަން ބެލުމަށް ބޭނުންކުރާ ޕްލެޓްފޯމް) އިމްޕޯޓުކުރުމާއި، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ގިނަ ފަރާތްތަކުން މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުން ދާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރިން ކުރެވުނު ނަންބަރު (IUL)438-PPS/1/2016/136 (02 އޮގަސްޓު 2016) އިޢުލާނުގެ ދަށުން ރަޖިސްޓަރީ ކުރުމާއި ބީލަން ހުށަހެޅުމުގެ މުއްދަތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އިތުރުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ބިޑް ހުށަހަޅުއްވަން ވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ގޮތަށް ޖެއްސެވުން އެދެމެވެ.
"ވިލިނގިލީ އަވަށުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އިމްޕޯޓްކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތާ ބެހޭ އިޢުލާނު ނަންބަރު: (IUL)438-PPS/1/2016/150"
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ،
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392،
ދިވެހިރާއްޖެ.
ހުށަހަޅަންވީ ތަކެތި
ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސް ލިއުމެއް މަދުވެއްޖެނަމަ އެ ޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.
ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށައަޅާ ތަކެތީގައި އަންނަނިވި ކަންކަން ފުރިހަމަ ވާންވާނެއެވެ.
-
އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.
-
އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގު ވަކިން އެނގޭގޮތަށެވެ.
-
ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
-
ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
-
އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
-
ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖްރިބާ.
-
މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ (މަސައްކަތުގެ ތަޖްރިބާގެ ގޮތުގައި ބެލެވޭނީ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތައް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.)
-
މީގެ އިތުރުން ޓީ.އޯ.އާރ ގައި ބިޑާއެކު ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިޔުންތަކާއި ޑޮކިއުމަންޓްތައް. (ޓީ.އޯ.އާރ ބެލުމަށް)
-
އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިއުމެއް މަދުނަމަ އެޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.
ރަޖިސްޓަރީ ކުރުން
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުގައި ރަޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ޝީޓްގައިވާ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ރަޖިސްޓަރީކުރާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ކުރިން ކުރެވުނު އިޢުލާންގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދޭނީ 18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ ([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 31 އޮގަސްޓު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 10.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ ހެނދުނު 10.00 ގައި ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.