އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވާނެ ފަރާތްތައް ހޯދުން

އިޢުލާން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައި ހުރި، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ ނީލަންކިޔުމަށް ބޭނުންވެއެވެ.

1- ސްޓެއިންލެސް ސްޓީލްގެ ބައިތައް

2- އެއަރކޯންގެ ބައިތައް

3- ދަގަނޑުގެ ބައިތައް

4- މެޝިނަރީސްގެ ބައިތައް

5- އެލްމެނިއަމްގެ ބައިތައް

6- ކޭބަލާއި ނަރުގެ ބައިތައް

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ޖޭޒްމިން މީޓިން ރޫމް

11:00

22 އޮގަސްޓު 2016 (ހޯމަ)

ނީލަމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުން  

     
  • ނީލަމުގައި ބައިވެރިވެވޭނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. 

  • ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ

    ކާޑު ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ޖޭޒްމިން  މީޓިންގ ރޫމް

13:00 

24 އޮގަސްޓު 2016 (ބުދަ)

އަގު ހުށަހެޅުއްވުމަށް

     
  • އަގުހުށަހަޅުއްވާނީ ކޮންމެ ބަޔަކަށް ވަކިން ކިލޯއަކަށް ޖެހޭ

    އަދަދާއި، ޖުމުލަ އަގު އެނގެން އޮންނާނެ ގޮތަށެވެ.

އައި.ޖީ.އެމް.އެޗް

13:00

24 އޮގަސްޓު 2016

މުދާ ބެލުމުގެ އިންތިޒާމު

މުދާ ގެންދިޔުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު، ނީލަމުން ނަގާ މުދާ 36 ގަޑިއިރުގެ ތެރޭގައި ގެންދަންވާނެއެވެ.

މިގޮތުން ނުގެންގޮސް ހުންނަ މުދާ، ނީލަން ނެގި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު:                  

ނީލަމުގައި ބައިވެރިވުމަށް ހާޒިރުނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި ހޮސްޕިޓަލުގެ ނަންބަރު 3335349 ފޯނަށް ގުޅުއްވުން އެދެމެވެ. 


15 ޛުލްޤަޢިދާ 1437

18 އޮގަސްޓް 2016
ހޯދާ