ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ބަލައިގަތުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ބަލައިގަތުމުގެ މުއްދަތު އިތުރުކުރުން 

2016 ވަނަ އަހަރުގެ ނޮވެންބަރު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާނު"ގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ މުއްދަތު 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އަށް އިތުރުކޮށްފީމެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ޑިޕާޓުމަންޓުންނާއި މި އަހަރުގެ އޯލެވެލް އިމްތިޙާނު ބާއްވާ ސެންޓަރުތަކުން، (ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ) ހެނދުނު 8:00 ން މެންދުރު 1:30 އަށެވެ.

އެޕްލިކޭޝަން ފޯމު، ހުށަހަޅާނީ އިމްތިޙާނު ހެދުމަށް ބޭނުންވާ ސެންޓަރަކަށެވެ. ފޯމު ހުށަހަޅާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި އޭގެ ފޮޓޯކޮޕީ ހުށަހަޅަންވާނެއެވެ.

އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ. 

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016
ހޯދާ