މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޖިމް އިންސްޓްރަކްޓަރ (ކޮންޓްރެކްޓް)

މުސާރަ: މަހަކު -/2250 ރުފިޔާ (ޖިމް އިންސްޓްރަކްޓަރކަމުގެ ސެޓުފިކެޓު އޮތްނަމަ

މުސާރަ: މަހަކު -/1500 ރުފިޔާ (ޖިމް އިންސްޓްރެކްޓަރކަމުގެ ސެޓުފިކެޓު ނެތްނަމަ)

މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / މާލެ

ބޭނުންވާ އަދަދު: 1

މުއްދަތު: 1 ސެޕްޓެންބަރު 2016 އިން  31 ޑިސެންބަރު 2016 އަށް (4 މަސްދުވަސް)

ޝަރުޠު: ޖިމް އިންސްޓްރެކްޓަރުކަމުގެ ސެޓުފިކެޓު އޮތުން. ނުވަތަ މަދުވެގެން 6 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ޖިމް ކްލާސްތަކުގެ މެމްބަރުންނަށް ޕްރޮގްރާމް ހިންގުން

- ކްލާހުގެ ހާޒިރީތައް ބެލެހެއްޓުން

- ކްލާސްތައް ނަގައިދިނުން.

ނޯޓް: މަޤާމުތަކުގެ ސެޓުފިކެޓު އޮތުމާއެކު، 6 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއެކު)
  • ސުންގަޑި: 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ޒުވާނުންގެ މަރުކަޒު (އެމް. ސީ. އެސް. އީ) ބިލްޑިންގއަށް ސިޓީއާއެކު ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ 3323860، 3313912 ފޯނަށެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ