މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް އުސޫލުން ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 2 (ދޭއް) ބިން ބިޑް އުސޫލުން ކުއްޔަށް ދޫކުރުން

މި ކައުންސިލްގެ ނަންބަރު:(IUL)306/306/2016/84 (19 ޖުލައި 2016) ގެ އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ރަށުގެ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް 2 (ދޭއް) ބިން ބިޑު އުސޫލުން ކުއްޔަށް ދޫކުރުމުގެ ހުއްދަ މިހާރު ލިބިފައިވާތީ މި 2 ބިމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނު ވާހަކަ އެންމެހައި ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އެހެންކަމުން، މި 2 ބިން ބިޑު އުސޫލުން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، ތެލުގެ ވިޔަފާރިކުރުމަށް އެއިން ބިމެއް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހެޅުން އެދެމެވެ. ބިޑް ޑޮކިއުމެންޓު މި ކައުންސިލުން ގަންނަން ލިބޭނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ދިނުން:

  • 25 އޮގަސްޓު 2016 ވާ ބުރާސްފަތިދުވަހުގެ 13:00ގައި (ރަސްމާދޫ ކައުންސިލުގެ އިދާރާގައި)

ބިޑްު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ:

  • 29 އޮގަސްޓު 2016 ވާ ހޯމަަދުވަހުގެ 13:00 ގައި (ރަސްމާދޫ ކައުންސިލްގެ އިދާރާގައި)

ކުންފުނި، އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމުސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނޭ އެތަނެއްގެ ލެޓަރހެޑްގައި ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާއިރު އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ، އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން، އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ފަރާތަކުން ހާޒިރުވާނަމަ، ހާޒިރުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެފަރާތަކުން ތަމްސީލުކުރާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރަނީ ކޮން ފަރާތެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތުދިނުމާއި، ބިޑް ޑޮކިޔުމަންޓް ހަވާލުކުރުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6580049 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި ކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް މެއިލްކުރުމުންވެސް އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ