ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުން

އިޢުލާން

ދ. ހުޅުދެލިން ބިމެއް ކުއްޔަށް ދިނުމާ ބެހޭ:

ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ބިން

ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން:

ހުޅުދެލީ ލޭންޑްޔޫސް ޕްލޭންގެ 11.2 އިން ފާހަގަކުރެވިފައިވާ ތެޔޮ ވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ބިން.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

25 އަހަރު

ޕްރީބިޑް މީޓިންގ ބާއްވާ ތާރީޚާއި ގަޑި:

ޕްރީބިޑް މީޓިންގ އޮންނާނީ 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ ރޭ 20:30 ގައި.

ޕްރީބިޑް މީޓިންގ ބާއްވާ ތަން:

ހުޅުދެލީ ޕްރީސްކޫލް

ބިޑް ހުށަހަޅަންވީ ތާރީޚާއި ގަޑި:

2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 20:30 ގައި

ބިޑް ހުށަހަޅަންޖެހޭ ތަން:

ހުޅުދެލީ ޕްރީސްކޫލް

 

 

 

 

ބިޑާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ބިޑް ސެކިއުރިޓީ ގޮތުގައި -/50،000 (ފަންސާސްހާސް) ރުފިޔާ ބޭންކު ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. މި ބޭންކު ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 60 ދުވަހުގެ ބޭންކު ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ.

2- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓުމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ.

3- ބިޑު ހުށަހަޅާއިރު، ބިޑު ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓުމަންޓެއްނަމަ، އެންމެ ފަހުން އަހަރީ ފީ ދެއްކި ރަސީދުގެ ކޮޕީ.

4- ވަކި ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- އެއްވެސް ކަހަލަ ވިޔަފާރިއެއްކުރާނަމަ، އެކަން އެނގޭނެ ލިޔުން.

6- ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑުފޯމުގައި ސޮއިކޮށް ކުންފުނީގެ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.

 

 

އިތުރު މަޢުލޫމާތު:

  1. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ވެރިފަރާތުގެ އިނގިލީގެ ނިޝާން ޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ.
  2. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  3. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކޮންކަމަކާ ގުޅޭ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މި އިދާރާއިން 8 އޮގަސްޓު 2016 ގައި ނެރެފައިވާ ނަންބަރު (IUL)378/378/2016/35 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

16 އޮގަސްޓް 2016
ހޯދާ