މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މާލޭގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އިމްޕޯޓްކޮށް އަދި ސިންސްޓޯލްކުރުމުގެ މަސައްކަތާބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މާލޭގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' (ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދުތަކުގެ ބަރުދަން ބެލުމަށް ބޭނުންކުރާ ޕްލެޓްފޯމް) އުފައްދާ، އިމްޕޯޓްކޮށް އަދި އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ގިނަ ފަރާތްތަކުން މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުން ދާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރިން ކުރެވުނު ނަންބަރު (IUL)438-PPS/1/2016/134 (02 އޮގަސްޓު 2016) އިޢުލާންގެ ރަޖިސްޓަރީކުރުމާއި ބީލަން ހުށަހެޅުމުގެ މުއްދަތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އިތުރުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ގޮތަށް ޖެއްސެވުން އެދެމެވެ.

"ކ.މާލޭގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އިމްޕޯޓުކޮށް އަދި ސިންސްޓޯލް ކުރުމުގެ މަސައްކަތާބެހޭ އިޢުލާން ނަންބަރު (IUL)438-PPS/1/2016/148             

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392،

ދިވެހިރާއްޖެ.

ހުށަހަޅަންވީ ތަކެތި

ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސް ލިއުމެއް މަދުވެއްޖެނަމަ އެ ޕްރޮޕޯސަލެއް ބާޠިލުކުރެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅާ ތަކެތީގައި އަންނަނިވި ކަންކަން ފުރިހަމަ ވާންވާނެއެވެ.

  • އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.

  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގު ވަކިން އެނގޭގޮތަށެވެ.

  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.

  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.

  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.

  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.

  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތައް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.)

  • މީގެ އިތުރުން ޓީ.އޯ.އާރ ގައި ބިޑާއެކު ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިޔުންތަކާއި ޑޮކިއުމަންޓުތައް. (ޓީ.އޯ.އާރ ބެލުމަށް)

  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސްލިއުމެއް މަދުނަމަ އެ ޕްރޮޕޯސަލެއް ބާޠިލުކުރެވޭނެއެވެ.

ރަޖިސްޓަރީ ކުރުން

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު  ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުގައި ރަޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ޝީޓްގައިވާ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓަރީކުރަންވާނެއެވެ. އަދި މި މަސައްކަތަށް ބިޑު ހުށަހެޅޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ކުރިން ކުރެވުނު އިޢުލާނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދޭނީ  18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ ([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު 30 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10.00 ގައި ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
18 އޮގަސްޓް 2016
ހޯދާ