ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

އިޢުލާން

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)373-INDIV/2016/40 (11 އޮގަސްޓު 2016) އިޢުލާނަށް ބައެއް ބަދަލު ގެނައުމަށްފަހު އަލުން އިޢުލާނުކުރީމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމުގެ ކުލެސިފިކޭސަން:

ސީނިއަރ އޮފިސަރ ގްރޭޑް 1 (ރޭންކް:އެމް.އެސް. 1)

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ދަރަނބޫދޫ ކައުންސިލް އިދާރާ / (ކޯޕަރޭޓް އެފެއާޒް ޔުނިޓް)

ތަޢުލީމާއި ތަޖުރިބާ:

  1. މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މައިގަނޑު މަސައްކަތް

  1. ދަރަނބޫދޫ ކައުންސިލް އިދާރާއަށް ބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރަންޖެހޭ ފައިސާ މަހުންމަހަށް ޖަމާކޮށް، މާލޭގެ އެކި އިދާރާތަކަށް ފޮނުވަންޖެހޭ ފައިސާ، މަހުން މަހަށް ފޮނުވައި ހިސާބުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  2. ދަރަނބޫދޫ ކައުންސިލް އިދާރާއިން ރައްޔިތުން ކުރަމުންގެންދާ ވިޔަފާރީގެ ފައިސާ ފިޔަވައި، މަހުންމަހަށް ލިބެންވާ ފައިސާގެ ތެރެއިން ނުލިބިހުރީ ކޮންކޮން ފައިސާއެއްތޯ ބަލައި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް ޔުނިޓުގެ ވެރިޔާގެ ލަފާގެ މަތީން އެޅުމާއި، ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓަރީ ފުރިހަމަކޮށް ބެލެހެއްޓުން.
  3. ލިބުނު ފައިސާއާއި، ޚަރަދުފައިސާއާ ގުޅޭގޮތުން ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވަންޖެހޭ ފައިސާގެ ހުރިހާ ރިޕޯޓްތަކެއް ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެރިޕޯޓެއް ފޮނުވަންޖެހޭ އިދާރާއަކަށް ފޮނުވުމާއި، ރިޕޯޓްތަކުގެ ކަންތައް ބެލެހެއްޓުން.
  4. ދަރަނބޫދޫ ކައުންސިލްގެ އިދާރާއަށް އެދުވަހަކު ބަލައިގަންނަ ފައިސާއާއި، ޚަރަދު ފައިސާގެ ހިސާބުތައް ޖެހިގެން އަންނަ ދުވަހު ދަރަނބޫދޫ ކައުންސިލް އިދާރާ ބަންދުވުމުގެ ކުރިން ސެކްޝަނުގެ ވެރިޔާގެ އަރިހަށް ނުވަތަ އެކަމަށް ހަމަޖައްސާ ވެރިއެއްގެ އަރިހަށް ގެންގޮސް ޗެކުކުރުމުގެ ކަންތައް ހަމަޖެއްސުން.
  5. އެކިފަރާތްތަކާ ހަވާލުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން ރަށު ކައުންސިލްގެ އިދާރާއަށް ފޮނުވާ ފައިސާ ލަސްނުކޮށް ނަގައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް އެކަމާގުޅޭ ހިސާބުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  6. ރަށުކައުންސިލާއި، ރަށުކައުންސިލު އިދާރާގެ ބެލުމުގެ ދަށުގައިވާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް  ގަވާއިދުން ދޫކޮށް ހިސާބުތައް ބެލެހެއްޓުން.
  7. އެކިއެކި މަޝްރޫޢުތަކާއި، މަސައްކަތަކަށް ފަންޑު ހޯދުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  8. އިކޮނޮމިކް އޮފިސަރު ނެތް ހާލަތެއްގައި އެ މަޤާމުގެ ވަޒީފާ ބަޔާނުގައިވާ މަސައްކަތް ވަގުތީގޮތުން ކުރެއްވުން.
  9. ހަމަޖެހިފައިވާ އުސޫލުން އޮފީސް ހުޅުވައި ލެއްޕުން.
  10. ވަޒީފާ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

އިންޓަރވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 އޮގަސްޓު 30 އިން 31 އާ ދެމެދު ފ.ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

2016 އޮގަސްޓު 28 ވަނަ ދުވަހުގެ 14:00ގެ ކުރިން ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފ.ދަރަނބޫދޫ ކައުންސިލް އިދާރާއަށް.

އުޖޫރައާއި އިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.

5. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

7. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފުސީލު އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)

އެހެނިހެން ކަންތައްތައް

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުން ކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް، އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރު: 6740015 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740597 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ