ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ހދ.ނޮޅިވަރަމް މެޓީރިއަލް ސްޓޯރޭޖް ސައިޓްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (MWSC-A/7/ADV/2016/057) އަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
| ތަން | ގަޑި | ތާރީޚު | ތަފުސީލު | 
| ހދ.ނޮޅިވަރަމް ކައުންސިލްގެ އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) | 11:00 | 21 އޮގަސްޓު 2016 | މަޢުލޫމާތު ސާފުކުރުން | 
| ހދ.ނޮޅިވަރަމް ކައުންސިލްގެ އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) | 11:00 | 24 އޮގަސްޓު 2016 | އަގު ހުށަހެޅުން | 
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
 
                    