ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
މަޤާމު: |
ސެކިއުރިޓީ އޮފިސަރ |
|
ބޭނުންވާ އަދަދު: 01 |
މަޤާމުގެ ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: SS1 |
މުސާރަ: |
މަހަކު -/3100 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
|
މަޤާމު އޮތް ތަން: |
އއ. އަތޮޅު ހޮސްޕިޓަލް/ އއ. ރަސްދޫ |
|
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން: |
އއ. އަތޮޅު ހޮސްޕިޓަލް/ ޕަބްލިކް ރިލޭޝަން |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1- ހޮސްޕިޓަލުގެ ސެކިއުރެޓީއާބެހޭ ކަންތައްތައް ބެލެހެއްޓުން. 2- ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކަނޑައެޅިފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ވޯޑްތަކަށް ވަންނަ މީހުން ކޮންޓްރޯލްކޮށް ބަލިމީހުންނާއި، ޚިދުމަތް ދޭ މީހުންނަށް ދަތިނުވާނެހެން އިންތިޒާމުތައް ބެލެހެއްޓުން. 3- ޑިއުޓީގައި ދޭތެރެ ދޭތެރެއިން ގޯތިތެރެ ބަލައި، އާދަޔާ ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ބެލުން. 4- ޑިއުޓީގައި ދިމާވާ ބޮޑެތި ކަންތައްތައް ނޯޓްކޮށް، ޕަބްލިކް ރިލޭޝަން ސެކްޝަންގެ އިސް މުވައްޒަފުންނަށް ލަސްނުކޮށް ހުށަހެޅުން. 5- ރަސްމީގަޑި ނިމުމުން ބަންދުކުރަންޖެހޭ ދޮރުތަކާއި، ގޭޓްތައް ބަންދުކުރުން. ރޭގަނޑު 10 ޖެހުމުން ބޮކިތަކާއި ހޮޅިބުރިތައް ފުދޭ މިންވަރަށް ބެހެއްޓުމަށްފަހު ނިއްވުން. އަދި އަބަދުވެސް ބޭނުންނުކުރާ ފަންކާތަކާއި، ހޮޅިބުރިތައް ނިއްވުމަށް ސަމާލުކަންދިނުން. |
|
ޝަރުޠު |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
|
|
ޢިނާޔަތްތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
ސުންގަޑި: |
- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެފަހުގެ ތާރީޚަކީ 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށް. އަދި މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ. - ދެންނެވިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމަށް ކުރަމަތިލާ މީހުންނާ އިންޓަރވިއުކުރުން އޮންނާނީ މި ހޮސްޕިޓަލުގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ އޮގަސްޓުމަހުގެ ތެރޭގައެވެ. - ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6660645 އެވެ. |