މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޢިމާރާތްކުރުމުގެ ދެވަނަފޭހުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ. ތުލުސްދޫ ޕްރީސްކޫލް ޢިމާރާތްކުރުން - 2 ވަނަ ފޭހާ ގުޅޭ:

ކ. ތުލުސްދޫ ޕްރީސްކޫލް ޢިމާރާތްކުރުމުގެ ދެވަނަ ފޭހުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި، މި އިދާރާގެ ނަންބަރު:(IUL)333/333/2016/34 އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މި އިދާރާއިން ހުށަހަޅާ ކުރެހުންތަކާއި ދެވޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އަމިއްލަ ތަކެތީގައި އެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ހަރަކާތް

ތާރީޚު

ގަޑި

ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން

25 އޮގަސްޓު 2016

13:00

މަޢުލޫމާތު ހޯދި ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުން

31 އޮގަސްޓު 2016

13:00

މަޢުލޫމާތު ހޯދި ފަރާތްތަކުން އަގު ހުށަހެޅުން

08 ސެޕްޓެންބަރު 2016

13:30

ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓްދެވޭނެ އުސޫލު:

  1. މަސައްކަތުގެ ތަޖުރިބާ: 10 ޕޮއިންޓް
  2. ޓެކްނިކަލް ކޭޕަބިލިޓީ: 15 ޕޮއިންޓް
  3. މުއްދަތު: 25 ޕޮއިންޓް
  4. ހުށަހަޅުއްވާފައިވާ އަގަށް: 50 ޕޮއިންޓް

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ހަރަކާތްތައް އޮންނަ ތާރީޚާއި ކަނޑައެޅިފައިވާ ގަޑީގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރިނުވެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016
ހޯދާ