މާވަށު ސްކޫލް
ދިވެހިރާއްޖެ
އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ހޯދުމަށް

އިޢުލާން

މާވަށު ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރި ނަންބަރު GS-49/IU/2016/20 އިޢުލާނަށް 3 ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުން ދޭ ނަމޫނާތަކާ އެއްގޮތަށް 2015 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 13:30 އަށް މާވަށު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މާވަށު ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ޖީ.އެސް.ޓީ ސެޓުފިކެޓު ނެތް ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 6800010 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016
ހޯދާ