ދިވެހިރާއްޖެ
މި ސްކޫލުގެ ނަންބަރު GS62/I/2016/33 އިޢުލާނަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވަޒީފާގެ ފުރުޞަތު
މަޤާމު |
މަސައްކަތު |
ބޭނުންވާ އަދަދު |
2 (ދޭއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެސް.އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މުސާރަ |
މަހަކު -/3100 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
ވަޒީފާ އޮތް އޮފީސް |
މަރަދޫ ސްކޫލް / ސ.މަރަދޫ |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން |
އެޑްމިން ސެކްޝަން ، މަރަދޫ ސްކޫލް |
އެހެނިހެން ޢިނާޔަތް |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީ ކުރުން. 2- ކްލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުން. 3- ގޯތިތެރެއާއި މަގުމަތީގެ ސަރަޙައްދުގެ ކުނި ނަގައި ވިނަަ ނޮޅައި ސާފުކޮށް ބެލެހެއްޓުން. 4- ސްކޫލް އޮފީސް، ލައިބްރަރީ އަދި ފާޚާނާތަކުގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސް ފޮޅައި ސާފުކުރުން. 5- ގޯތިތެރެއަށް ފެންޖެހުމާއި ގަސްތަކަށް ފެންދިނުން. 6- އޮފީހާއި ސްޓާފްރޫމުގައި ފެންލާންޖެހޭ ކޫލަރުތަކަށް ބޯފެން އަޅާފައި ބެހެއްޓުން. 7- ކްލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި ބިއްލޫރިތަކާއި ފަންކާތައް ސާފުކުރުން. 8- ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠު |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން. |
ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު. - މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް. |
އިންޓަރވިއު ކުރުން |
- އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ހަފުތާގެ ތެރޭގައި މަރަދޫ ސްކޫލުގައެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. |
ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މަރަދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
ނޯޓް |
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6890941 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
13 ޛުލްޤަޢިދާ 1437