މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހެކެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:  GS 3

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ  / އެޑްމިން ސެކްޝަން

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

ތައުލީމާއި ތަޖުރިބާ:

1. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި، ކަމާބެހޭ ފަރާތްތަކަށް ޕާސްކުރުން.
  2. މިނިސްޓްރީއަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  3. މިނިސްޓްރީއަށް އަންނަ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ބެލެހެއްޓުން.
  4. މިނިސްޓްރީއަށް ލިބޭ ލިޔެކިޔުންތައް ކަމާގުޅޭ ސެކްޝަންތަކާ ހަވާލުކުރުން.
  5. ސެކްޝަނަށް ލިބޭ ލިޔުންތަކަށް ސެކްޝަންގެ ވެރިއެއްގެ މަޝްވަރާގެ ދަށުން ބެލެހެއްޓުމާއި، ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން، އަދި ސެކްޝަނުން ފޮނުވާ ލިޔުންތަކަށް ވާނުވާ ބެލުމާއި، ގުޅުން ހުރި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  6. ސެކްޝަންގެ ގުޅުންހުރި ލިޔުންތައް އުސޫލުތަކާ އެއްގޮތަށް ފައިލުކޮށް ބެލެހެއްޓުން.
  7. ސެކްޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން.
  8. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ހަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.
  9. މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުން.
  10. ސިޔާސީ ބޭފުޅުންގެ އެޕޮއިންޓްމަންޓުތައް ހަމަޖެއްސުމާއި، އެޕޮއިންޓްމަންޓުތަކަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، ބިއުރޯގެ ވެރިޔާއަށް ރިޕޯޓުކުރުން.
  11. ސިޔާސީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަންޖެހޭ ޓީވީ/ރޭޑިއޯގެ ޕްރޮގްރާމުތަކާއި ފޯރަމުތައް އިންތިޒާމުކުރުމާއި، އެކަންކަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ވެރިޔާގެ ލަފައާއެކު އިސްކޮށް ހަރަކާތްތެރިވުން.
  12. ރާއްޖޭގެ އެކިކަންކޮޅުތަކަށް ސިޔާސީ ބޭފުޅުން ކުރައްވާ ދަތުރުފުޅުތައް އިންތިޒާމުކުރުމާއި، ރިޒަވޭޝަން ހެދުމާއި، ރަށްރަށުގެ ލޮޖިސްޓިކްސްގެ މަސައްކަތްތައް އިންތިޒާމުކުރުމާއި، ފުރާވަޑައިގަންނަވާއިރު އަރިހުގައި ހުޅުލެއަށް ދާންޖެހިއްޖެނަމަ ދިއުން.
  13. ސިޔާސީ ބޭފުޅުންގެ މަސައްކަތްޕުޅުތައް ބެލެހެއްޓުމުގައި، ޒިންމާދާރުވުމާއި، ސިއްރު ހިފެހެއްޓުމާއެކު މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.
  14. ސިޔާސީ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމުތައް ބެލެހެއްޓުމާއި ދަތުރުފުޅުތަކާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  15. މީޑިއާއަށް ދޭންޖެހޭ މި ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް އެއްކޮށް ބެލެހެއްޓުމާއި، ވެރިންގެ މަޝްވަރާއާއެކު މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  16. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރުން.

ޢިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://mlg.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ).
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން  

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:30 އެވެ. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ސެޕްޓެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027525 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

16 އޮގަސްޓް 2016
ހޯދާ