ދިވެހިރާއްޖެ
ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލަމާގޯޅީގެ ލޭންޑްސްކޭޕިންގެ މަސައްކަތް މި މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ދެ އިޢުލާނަށްވެސް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑްމީޓިންގގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
މަޢުލޫމާތު ދިނުން
2016 އޮގަސްޓު 22 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 10:30 އިން 13:30 އަށް މި މިނިސްޓްރީގެ ކައުންޓަރުން މަޢުލޫމާތުޝީޓު ލިބިވަޑައިގަންނަވާނެއެވެ.
ޕްރީބިޑް މީޓިންގ
2016 އޮގަސްޓު 23 ވާ ދުވަހުގެ 13:00 އަށް
ބިޑް ހުޅުވުން
2016 އޮގަސްޓު 31 ވާ ދުވަހުގެ 13:00 އަށް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
ފޯނު: 3004300 / 3004120
ފެކްސް: 3004301
