ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެއްގަމު އުޅަނދު މަރާމާތު ކުރުން

އެއްގަމު އުޅަނދު މަރާމާތު ކުރުން:

މިއިދާރާގެ GNAH (I)(I)EM/BF/2016/12 އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ތިރީގައި މިވާ ވެހިކަލްތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

1- ނަންބަރު B1A 1528 ވޭން   

2- ނަންބަރު B1A 4353 ވޭން

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވްސޮސައިޓި، އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުން 23 އޮގަސްޓު 2016 ވާ އަންގާރަދުވަހުގެ 11:00ގައި ޏ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޮގަސްޓު 2016 ވާ އާދީއްތަދުވަހުގެ 11:00ގައި ޏ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ