މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މީޑިއާ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންގެ ތެރެއިން ޢާންމުންގެ ފަރާތުން ތަމްސީލުކުރާ މެންބަރެއްގެ ގޮނޑި ހުސްވެފައިވާތީ، މިގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށްޓަކައި ރަޖިސްޓަރީކުރުން 2016 އޮގަސްޓު 25,24,23 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.

ރަޖިސްޓަރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ މީޑިއާއެއްގެ ތައްގަނޑު ޖެހި ލިޔުމެއް ގެންނަންވާނެއެވެ. އަދި މީގެއިތުރުން އެއިދާރާއަކުން، އެއިދާރާއެއްގެ ފަރާތުން ވޯޓުލާނެ ބޭފުޅެއްގެ ފުރިހަމަ މަޢުލޫމާތާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމުންވެސް ރަޖިސްޓަރީކޮށްދެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ވޯޓުދެވޭނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލުކުރާ އެކަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ