ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލަންކިއުން

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • 09 ސްޕޮންޖު ގޮނޑި
  • 04 ފެންކައްކާ ޖަގު
  • 01 މިކްސްޗަރ
  • 01 ޓޯސްޓަރ
  • 02 ޕްރޮޖެކްޓަރ ސްކްރީން ސްޓޭންޑާއެކު
  • 01 ޕްރޮޖެކްޓަރ ސްކްރީންގެ ސްޓޭންޑް
  • 01 މައިކްރޯ އަވަން
  • 01 ޓީވީ "21 ގެ (ސޮނީ)
  • 02 ޕޭޕަރ ޝްރެޑާ
  • 01 ފޮޓޯކޮޕީ މެޝިން (RICOH FR3813)
  • 02 ވީ.ސީ.އާރު (ސޮނީ/ޕެނަސޮނިކް)

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/500 (ފަސް ސަތޭކަ) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/200 (ދުއިސައްތަ) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވާ މަޢުލުމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެ ފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާގުޅުވުން އެދެމެވެ.

12 ޛުލްޤަޢިދާ 1437 

15 އޮގަސްޓް 2016
ހޯދާ