މަޤާމު:
|
ޑިރެކްޓަރ
|
ކްލެސިފިކޭޝަން:
|
ޑިރެކްޓަރ، EX 2
|
ބޭނުންވާ އަދަދު:
|
1
|
އަސާސީ މުސާރަ:
|
-/11,475 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/4,000 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45
|
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
|
- އިންވެސްޓިގޭޝަން އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާއެކު، މިމުއްދަތުގެ ތެރޭގައި ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ނުވަތަ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާކަމާއެކު ބަލައި ތަޙުޤީޤުކުރުމާއި ކޮމިޝަނުގެ ލަފާގެމަތިން މައްސަލަތަކާގުޅޭ ރިޕޯޓު ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ކޮމިޝަނުން ޢަމަލުކުރަން ފެންނަ ގޮތުގެ ޤާނޫނީ ލަފާ ދިނުން.
- ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނަށް މަޝްވަރާ ދިނުމާއި، ކޮމިޝަންގެ މަސައްކަތަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
- ކޮމިޝަނުން ދޭ ލަފާގެ މަތިން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރުން.
- ކޮމިޝަނުން ބަލާ މައްސަލަތަކުގައި އެހެނިހެން މުއައްސަސާތަކުން ހޯދަންޖެހޭ ލިޔެކިޔުން އެތަންތަނުން ހޯދުން.
- ކޮމިޝަނުގެ މަޤްޞަދުތައް ހާސިލުކުރުމުގެ ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ދިރާސާ ރިޕޯޓް ތައްޔާރު ކުރުން.
- ތަޙުޤީޤުކުރުމުގައި އިންވެސްޓިގޭޓަރުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ދިނުމާއި، ތަޙުޤީޤުތައް ކުރިއަށް ދަނީ އަވަސްކަމާއެކުކަން ކަށަވަރުކޮށް ކޭސްތަކުގެ ސްޓޭޓަސް ކޮމިޝަނާ ހިއްސާކުރުން.
- ތަޙުޤީޤުކުރެވޭ މައްސަލަތައް ކުރިއަށްދާގޮތާއި، މައްސަލަތަކުގެ މަޢުލޫމާތާއި، ރިކޯޑު ބެލެހެއްޓުން.
- ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ރައްކާތެރިކަމާއެކު ތަރުތީބުން ފައިލްކޮށް ބެލެހެއްޓޭކަން ކަށަވަރު ކުރުން.
- މިމަޤާމަށް ރިޕޯޓްކުރަންޖެހޭ މުވައްޒަފުން ސުޕަވައިޒްކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ދޭންޖެހޭ ލަފާއާއި އެހީތެރިކަން ދިނުމާއެކު އެމުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.
- ކޮމިޝަނުން ތަރުޖަމާކުރަންޖެހޭ ލިޔެކިޔުން އިނގިރޭސިބަހުން ދިވެހިބަހަށް، އަދި ދިވެހިބަހުން އިނގިރޭސިބަހަށް ތަރުޖަމާކުރުން.
- ކޮމިޝަނުގެ ފަރާތުން ޝަރުޢީ ކޯޓެއްގައި ނުވަތަ އެހެންވެސް އެފަދަ މުއައްސަސާއެއްގައި، ވަކާލާތުކުރަންޖެހޭ ޙާލަތުގައި އެމައްސަލައެއްގައި ކޮމިޝަނުގެ ދިފާޢުގައި ވަކާލާތު ކުރުން.
|
މަޤާމު:
|
ކޭސް އިންވެސްޓިގޭޓަރ
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2، އެމް. އެސް 1
|
ބޭނުންވާ އަދަދު:
|
01
|
އަސާސީ މުސާރަ:
|
-/6700 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/4000 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45
|
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
|
- އިންވެސްޓިގޭޝަން އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ނުވަތަ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތައް ބަލައި ތަޙްޤީގުކޮށް މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
- ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތަކާ ގުޅިގެން ކޮމްޕްލެއިންސް ކޮމިޓީން ހިންގާ އިބްތިދާއީ ތަޙުޤީޤާ ގުޅޭ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މައްސަލަތަކުގައި މީހުން ހާޒިރުކޮށް، ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާން ނަގައި، ބަޔާން ތައްޔާރުކޮށް، އެބަޔާންތަކުގައި ސޮއިކުރުވުން.
- ތަޙުޤީގުކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާއި މައްސަލަތަކުގެ ރިކޯޑާއި މަޢުލޫމާތުތައް ބެލެހެއްޓުން.
- ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ ލިޔުންތަކާއި އެހެނިހެން ހެކި ތަންފީޒީ އިދާރާތަކަށް ގޮސްގެންނާއި، ލިޔެކިޔުން މެދުވެރިކޮށް ހޯދުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މި ސެޓުފިކެޓުތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް
|
ސުންގަޑި:
|
- މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ.
- މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުޠު ހަމަވެ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ 10 ފަރާތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުމާއި ޓެސްޓް ދިނުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 24 އާއި 2016 އޮގަސްޓު 31 އާ ދެމެދުގެ ތާރީޚެއްގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.
|