މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ އެގްޒެކްޓިވް، އޮރެކަލް ފަންކްޝަނަލް ސަޕޯޓް
ބޭނުންވާ އަދަދު :1

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ސީނިއަރ އެގްޒެކްޓިވް، އޮރެކަލް ފަންކްޝަނަލް ސަޕޯޓް

ބޭނުންވާ އަދަދު: 2  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ފައިނޭންސްް ޑިޕާޓްމަންޓް

ޝަރުޠު:  - ބެޗެލަރސް ޑިގްރީ އިން ކޮމާރސް ނުވަތަ ގުޅުންހުރި ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

  • ފައިންނޭންސް ނުވަތަ ވިޔަފާރީގެ ދާއިރާގައި މަދުގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • މައިކްރޯސޮފްޓް އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

  • ޓީމަކާއެކު ނުވަތަ އަމިއްލައަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

  • ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އޮރެކަލްގެ ފީޗަރތަކާއި ފަންކްޝަންތައް ދަސްކުރުމާއެކު ފައިނޭންސް އަދި ސަޕްލައިޗެއިން އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.

  • ސޮފްޓްވެއަރ ބޭނުންކުރާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ، ފުޅާދާއިރާއެއްގައި އިންޕްލިމެންޓްކުރުމާއި ޔޫސަރސް ހޭލުންތެރިކުރުން.

  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުމާއެކު ހަވާލުކުރެވޭ މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަކަށް ނިންމުން.

ހުށަހަޅަންޖެހޭ ލިޔުންތައް:    - ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  •  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

  •  3 މަސްދުވަސް ހަމަނުވާ ޕޮލިސްރިޕޯޓް

    ކުރިމަތިލުމުގެ ސުންގަޑި: 2016 އޮގަސްޓު 22 ވަނަ ދުވަހުގެ 16:00

    ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

    ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

    މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

    ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

    އިތުރު މަޢުލޫމާތު : ފޯނު –  3325511

    ނޯޓް: ސިޓީއާއެކު ކަމާބެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންވާނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

15 އޮގަސްޓް 2016
ހޯދާ