މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
1
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް: އެސް. އެސް 1
|
މުސާރަ
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި / ސެކްޝަން
|
ހއ. ވަށަފަރު ޞިއްޙީމަރުކަޒު
|
މަޤާމުގެ ޝަރުޠުތައް:
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި، އަދި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި، ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ އިމާރާތްތައް ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ ބޭނުންތަކުގައި އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި އޮފީހުން އަންގާ ތަންތަނަށް ހަވާލުކުރުން.
- ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، އެ ގަސްތަކަށް ފެންދީ، ގަސްތައް ކޮށައި ބެލެހެއްޓުން.
- ޞިއްޙި މަރުކަޒުގެ ފަންކާތަކާއި، ފެންލައިޓުތަކާއި، ދޮރުތައް، މަދުވެގެން ހަފުތާއަކު 3 ދުވަހު ފޮޅައި ސާފުކުރުން.
- ޞިއްޙީ މަރުކަޒުގައި ގެންގުޅޭ ތަކެތި ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ ޢިމާރާތުގެ ބޭރުގައި އުފެދޭ ކުނި، ރައްކާތެރިކަމާއެކު ނައްތާލުން ނުވަތަ އެތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށް އުކާލުން.
- މަރުކަޒުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމުގެ އެހީތެރިކަން ދިނުން.
- ދިދަ ނަގައި ތިރިކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ )
|
ސުންގަޑި
|
2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާ ގުޅޭ ލިޔުންތައް ހއ. ވަށަފަރު ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން
|
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުން އޮންނާނީ 2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ ހއ. ވަށަފަރު ޞިއްޙީމަރުކަޒުގައެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅުއްވާނެ ނަންބަރަކީ 6500565 އެވެ.
|