މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޕަޑް ބާޖެއް ކުއްޔަށް ހިފުމާބެހޭ
އިޢުލާން
މާލޭ ހުޅަނގުފަރާތު މޫދުގައި އެކްސްކަވޭޓަރު، ބާޖްމަތީ ބާއްވައިގެން މަސައްކަތެއް ކުރުމަށް ބޭނުންވާތީ، 7 ދުވަހުގެ މުއްދަތަށް ސްޕަޓް ބާޖެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ސްޕަޓް ބާޖެއް ކުއްޔަށް ދިނުމަށް އަގު ހުށަހަޅުއްވާއިރު ދުވާލަކަށް ދެވޭނެ އަގު، އަދި 7 ދުވަހަށް ނަމަ ދެވޭނެ އަގު ވަކިން އެނގެން ހުންނަން ވާނެއެވެ. އަދި ބާޖް މާލޭގެ ހުޅަނގުފަރާތަށް ގެނައުމާއި ގެންދިއުމުގެ ޚަރަދު އަގުގެ ތެރޭގައި ހިމެނެން ވާނެއެވެ.
ވީމާ، 2016 އޮގަސްޓު 18 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އޮގަސްޓު 2016 ވާ ބުދަ ދުވަހުގެ 2:00 އަށް މި މިނިސްޓްރީއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4369-300 އަށް ގުޅުއްވުން އެދެމެވެ.
12 ޛުލްޤަޢިދާ 1436
15 އޮގަސްޓް 2016
ހޯދާ