ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކުރަންހުރި ތިރީގައި މިދަންނަވާ ކަންތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- އެފް އެޗް ޓީ އެސް އިމާރާތުގެ ޑަކްޓްތަކުގައި ފެންހޮޅި އެޅުން.
- ބައެއް ސިޑިތަކުގައި ގުރެނެއިޓް ޖެހުން.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 އޮގަސްޓު 17 ވާ ބުދަދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
11 ޛުލްޤަޢިދާ 1437
14 އޮގަސްޓް 2016
ހޯދާ
