ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން          

ވަންދޫގެ މިސްކިތްތައް މަރާމާތުކުރުމާ ގުޅޭ:

ތިރީގައި ބަޔާންކުރެވިފައިވާ ވަންދޫގެ މިސްކިތްތަކުގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު އަދި ކުންފުންޏެއްނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 7980047 ފޯނަށެވެ.

  1. ނަޞްރީ މިސްކިތް: މިސްކިތުގެ 2 ވަޅު، ބިމާ ހަމައިން ނެގުމަށްފަހު އަލުން ރާނައި ސިމެންތިޖަހައި މުށިޖެހުން.
  2. ފަތަޙަ މިސްކިތް: މިސްކިތުގެ ވަޅު މަރާމާތުކޮށް، ވަޅުގެ ވަށައިގެންވާ ތަޅުންގަނޑު ތަޅާލުމަށްފަހު އަލުން ރާނައި ތަޅުން އެޅުން.
  3. ޒިޔާރަތް މިސްކިތް: މިސްކިތާއި ވަޅާ ދެމެދުގައިވާ ގާތަށް ނަގައި އުކާލައި، އެތަނުގައި އަލުން ސިމެންތިން ގާ ހެދުން. އަދި ނުކައްސާ ފަދަ މުށްޓެއް ޖެހުން.
  4. ފަތަޙަ އަދި ޒިޔާރަތް މިސްކިތުގެ ވަށާފާރު ރޭނުން.

4 ޛުލްޤަޢިދާ 1437

07 އޮގަސްޓް 2016
ހޯދާ