ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

މި ސްކޫލަށް ދެ ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި ނަންބަރު GS43-B/2016/20 (02.08.2016) އިޢުލާނަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމުން ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 9:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ