ދިވެހިރާއްޖެ
އިޢުލާން
އެކްޓިވިޓީ ޔުނީފޯމު ފަހައިދީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ:
މި ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް އެކްޓިވިޓީ ޔުނީފޯމު އަމިއްލަ ތަކެތީގައި ފަހައިދީ، ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު GS132/2016/28 އިޢުލާން އަދި ނަންބަރު GS132/2016/30 އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް |
2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 11:00 އަށް |
ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާއި އިޢުލާންކުރީމެވެ.
7 ޛުލްޤަޢިދާ 1437