ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ކުލަލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވަށާފާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ސްކޫލުގެ ވަށާފާރުގެ އެތެރެއާއި ބޭރުގައި މިހާރުހުރި ކުލަ ކެހުމަށްފަހު، މައިގަނޑު ތަކެތި ދިނުމުން ކުލަލައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު GS132/2016/13 (14 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 13:00 އަށް

2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 13:00 އަށް

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ