އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

މި ސްކޫލަށް ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުސަތު:

މަޤާމު

ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކު:

GS 3

ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

އދ. ދިގުރަށު ސްކޫލް

ސެކްޝަން:

އިދާރީ ބައި

މުސާރަ:

މަހަކު: -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މި މަދަރުސާގައި ކުރަންޖެހޭ ފައިސާގެ ހުރިހާ މުޢާމަލާތެއް ކޮށް، އެންމެހައި ރެކޯޑުތައް ވަރަށް ގަވާއިދުން ބެލެހެއްޓުން.
  2. ދުވަހުން ދުވަހަށް ޔައުމިއްޔާތައް ލިޔެ، ވެރިއެއްގެ ސޮއި ކުރުވައި، ފައިލްކޮށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހާ ކަންތައްތައް ބަލަހައްޓައި، ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން
  4. ސްކޫލަށް ލިބޭ ހުރިހާ ލިޔެކިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށް ނަގައި. ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ސްކޫލުން ލިޔަންޖެހޭ އެންމެހައި ލިޔުންތައް (ސިޓީ، މެސެޖް) ލިޔެ، ވެރިންގެ ސޮއި ކުރުވައި، ފޮނުވަންޖެހޭ ތަންތަނަށް / ފަރާތްތަކަށް ފޮނުވުން.
  6. ސްކޫލުގެ ސްޓޮކަށް ގެނެވޭ ހުރިހާ މުދަލެއް އެ މުދަލެއް ލިބޭ ދުވަހު (ޕާރޗޭސް އޯޑަރާ އެއްގޮތަށް މުދާ ލިބިފައިވާނަމަ) ސްޓޮކްބާކީއަށް އަރުވައި، ސްޓޮކްރޫމަށް ވައްދައި، ސްޓޮކުން ތަކެތި ގަވާއިދާ އެއްގޮތަށް ދޫކޮށް ބެލެހެއްޓުން.
  7. ސްކޫލުގެ އިމާރާތް، ރުއް ގަސް، އެންމެހައި ހަރުމުދަލެއްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސްކޫލުގެ އިދާރީ އަދި އެކަޑަމިކް ރެކޯޑުތަކަށް ބޭނުންވާ އެންމެހައި ފޮތްތައް ނަމޫނާއާ އެއްގޮތަށް ހަދައި ބެލެހެއްޓުން.
  9. މިނޫނަސް ވަޒީފާގެ ހައިސިއްޔަތުން އަދި ސްކޫލަށް އެވަގުތަކު ދިމާވާ ކަމަކުން އިސްލާމްދީނާއި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފުނުވާ ގޮތުގެމަތީން މުވައްޒަފުންގެ މައްޗަށް ތިބޭ ވެރިން އަންގާ މަސައްކަތްތައް ކުރުން.
  10. ސްކޫލުން ބާއްވާ ޖަލްސާ، ސެމިނަރ، މީޓިންގތަކަށް ހާޒިރުވެ، އެ މައުލޫޢާ ގުޅިގެން އެ މުވައްޒަފެއްގެ ޚިޔާލާއި ލަފާދީ، ބައްދަލުވުމުގެ މެޖޯރިޓީއަށް ތަބާވެ، ބައްދަލުވުން ކާމިޔާބުކުރުމަށް މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބޭނުންވާނޭ ކަންތައްތައް

- މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވާނީ، މެރިޓް އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުން އެންމަތީ މާކްސް ލިބޭ ފަރާތެކެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިވަޒީފާއަށް އެދި

1- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތަށް ތައްގަނޑުޖެހި ކޮޕީ)

3- ލިބިފައިވާ އެކްސްޕީރިއަންސް ސެޓުފިކެޓުތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6- ސިވިލްސަރވިސްގައި މަސައްކަތްކުރައްވާ މުވައްޒަފެއްނަމަ، "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން"

މި ތަކެއްޔާއެކު 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން މި ސްކޫލަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މި ވަޒީފާއަށް މީހުން ނެގުމަށް ބާއްވާ އިންޓަރވިއު / ޕްރެޒެންޓޭޝަން ބާއްވާނޭ ތަނާއި ތާރީޚު

ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު / ޕްރެޒެންޓޭޝަން އޮންނާނީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހު އދ. ދިގުރަށު މަދަރުސާގައެވެ. އެގޮތުން ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް، އިންޓަރވިއު / ޕްރެޒެންޓޭޝަނުގެ 7 ދުވަސް ކުރިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

- މި ވަޒީފާއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުނަމަ، 6680841 ނުވަތަ [email protected] އިން މަޢުލޫމާތު ހޯއްދެވުން އެދެމެވެ.

ވީމާ، މި ސްކޫލުގެ ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ބޭނުންވާވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ