ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ތިރީގައިވާގޮތަށް މި ކައުންސިލުން ޑިޒާސްޓަރ ޓީމެއް ނެގުމަށް ކުރެވުނު ނަންބަރު (IUL)424-CO/424/2016/46 (25 ޖުލައި 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާނުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.
ކާރިސާތަކާ ގުޅިގެން ދިމާވާ އެކިއެކި ހާދިސާތަކުގައި އެހީތެރިވެދެއްވާނެ ޓާސްކްފޯހެއް މާދަޑުގައި އެކުލަވާލުމަށް ބޭނުންވެއެވެ.
ބޭނުންވާ އަދަދު |
6 |
ޝަރުޠު |
|
މުސާރަ |
މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/250ރ. |
އެހެނިހެން އިނާޔަތްތައް: |
8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ. |
ވަޒީފާއަށް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ، އަދި އިންޓަރވިއު އަށް ބެލޭނެއެވެ. އަދި މީގެ އިތުރުން އުމުރުން 55 އަހަރުވެފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ޓާސްކްފޯހަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ 2- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4- ކާކުކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ. |
އެދެންވީ ގޮތާއި ސުންގަޑި: |
މި ޓާސްކްފޯހުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވެލައްވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާއަށެވެ. |
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6860041 ފޯނަށެވެ. |
5 ޛުލްޤަޢިދާ 1437