ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: އެސިސްޓެންޓް ޝޮޕް މެނޭޖަރ
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ވަޒީފާ ދޭ ފަރާތް: ސްކައުޓް އެސޯސިއޭޝަން / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/6,000 ރުފިޔާ
ވަޒީފާގެ ބާވަތް:
މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން ކޮންމެ އަހަރަކު ވަޒީފާގެ އެއްބަސްވުން އާކުރާގޮތަށް ހަމަޖެހިފައިވާ ވަޒީފާއެކެވެ.
ރިޕޯޓްކުރުން:
މި ވަޒީފާއަށް ހޮވޭ ފަރާތް ރިޕޯޓްކުރާނީ، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރ ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށެވެ.
މަސައްކަތް ކުރަންޖެހޭ ގަޑި:
މި ވަޒީފާއަށް ހޮވޭ ފަރާތް މަސައްކަތްކުރާނީ ހަފުތާއަކު 48 ގަޑިއިރަށްވުރެ ގިނަ ނުވާގޮތަށް ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަނޑައަޅާ ގަޑިތަކެއްގައެވެ. އަދި ހަފުތާއަކު 48 އިރަށްވުރެ އިތުރުވާނަމަ، ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- އިނގިރޭސިބަހުން ލިޔެކިޔަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޝޮޕް އިންވެންޓްރީ ބެލެހެއްޓުން.
- ދުވަހުގެ ސޭލްސްރިޕޯޓް ތައްޔާރުކުރުން.
- އެސޯސިއޭޝަނުން ހިންގާ ޚާއްޞަ ދުވަސްތަކުގައި އެސޯސިއޭޝަންގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- ސްކައުޓް ސަޕްލައިސްގައި ބޭނުންކުރާ އައިޓަމްތައް ބެލެހެއްޓުމާއި، ރީއޯޑަރ ލެވެލަށް ދިއުމުން ޝޮޕަށް ބޭނުންވާ ތަކެތި ގަންނަން އޯޑަރު ދިނުމާއި، ބެލެހެއްޓުން.
- އަލަށް ލިބޭ ތަކެތީގެ މަޢުލޫމާތު ކަސްޓަމްރުންނަށް ފޯރުކޮށްދިނުން.
- ކަސްޓަމަރުން ބޭނުންވާ ތަކެތި ދެނެގަތުމާއި، ހަމަޖެހިފައިވާ އުސޫލުން އެތަކެތި ލިބޭނޭ އިންތިޒާމު ހަމަޖެއްސުން.
- އެސޯސިއޭޝަނުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރައްކާތެރިކާމާއެކު އެލިޔެކިޔުންތައް ބެލެހެއްޓުން.
- އެސޯސިއޭޝަނުން ކުރިއަށްގެންދެވޭ ޚާއްޞަ ހަރަކާތްތަކުގައި ބައިވެރިވުމާއި، އެސޯސިއޭޝަނުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓު www.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ފޮޓޯކޮޕީ.
- ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.
ސުންގަޑި:
މި މަޤާމުތަކަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، [email protected] އަށް އީމެއިލް ފޮނުވުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ ރިސެޕްޝަނަށް (ވެލާނާގޭގެ 8 ވަނަ ފަންގިފިލާއަށް) ހުށަހެޅުމަށް ދަންނަވަމެވެ.
އިންޓަރވިއު:
މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ، މިމިނސްޓްރީގައި ނުވަތަ ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައެވެ.
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް 3341357 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
04 ޛުލްޤައިދާ 1437