ދިވެހިރާއްޖެ
މަޤާމުގެ މަޢުލޫމާތު |
|||
އަސާސީ ޝަރުޠު |
ކްލަސިފިކޭޝަން |
ރޭންކް |
މަޤާމު |
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން. - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، އެސް. އެސް/ރޭންކުގެ ޝަރުޠު ފުރިހަމަ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗު ދުއްވުމުގެ ލައިސަންސް) ލިބިފައިވުން. ނުވަތަ - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން. |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
SS3 |
ލޯންޗް ޑްރައިވަރ |
1. އަތޮޅު ކައުންސިލްގެ އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން. 2. އަތޮޅު ކައުންސިލްގެ އިދާރާގެ ކަނޑުއުޅަނދުފަހަރު ދުއްވާއިރުގައާއި ފަޅުގައި އޮންނައިރު، އެއަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އިންތިޒާމުކޮށް ހިންގުން. 3. ކަނޑުއުޅަނދުފަހަރުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާތަކެތި މަރާމާތު ކުރުމަށް، އިދާރާގެ ކަމާބެހޭ ވެރިންނާ މުވައްޒަފުންނާ ވާހަކަ ދައްކައި، އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެދަށުން އެކަން ހިންގުން. 4. ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި، އިދާރާއިން އަންގާ ގޮތެއްގެ މަތިން، ރަސްމީގަޑީގައި، އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުން. 5. އަތޮޅު ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވާގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެ މަތިން، ރަސްމީ ކަންކަމުގައި ޙަރަކާތްތެރިވުން. 6. ކަނޑުއުޅަނދު ފަހަރުގެ ދަތުރެއް ކުރަން ޖެހުމުން ދަތުރާބެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި ފަޅުވެރިންގެ އިސްމީހެއްގެ ގޮތުގައި މަސައްކަތް ކުރުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
މުސާރައަކީ މަހަކު -/3875 ރުފިޔާ. ސަރވިސް އެލަވަންސް -/1000 ރުފިޔާއާއި ދަތުރު އެލަވަންސާއި އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. |
އުޖޫރައާއި އިނާޔަތްތައް: |
* ވަޒީފާއަށް އެދޭ ފޯމު * ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް. * ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮއްފައިވާ ކޮޕީގެ ސަރުކާރުގެ އޮފީހަކުން އެޓެސްޓްކޮއްފައިވާ ކޮޕީގެ އަސްލު. * ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު. * ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ނުވަތަ ސިޓީ) |
ހުށަހަޅަންޖެހޭ ލިއުންތައް: |
2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
ސުންގަޑި |
މި މަޤާމަށް މީހަކު ހޮވުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށެވެ. އަދި ހޮވޭ މީހާއަކީ މަސައްކަތަށް ރަނގަޅު މީހެއް ކަމަށް ފެންނަ ނަމަ، އޭނާގެ މަޤާމު ދާއިމީ ކުރުމަށް ހުށަހެޅޭނެއެވެ. މި ކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ ގަޑީގައި) މި އިދާރާގެ ނަންބަރު 6820028 ނަންބަރު ފޯނަށެވެ. |
އިތުރު މަޢުލޫމާތު |