މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޢާއިލާއާ ބެހޭ ޤާނޫނު މުރާޖަޢާކުރުން

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން ޤާނޫނު ނަންބަރު 4/2000 "ޢާއިލާއާ ބެހޭ ޤާނޫނު" މުރާޖަޢާކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)459-GW/459/2015/15 އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޛުލްޤަޢިދާ 1437

 

14 އޮގަސްޓް 2016
ހޯދާ