ދިވެހިރާއްޖެ
1. މި ބީލަމުގައި ބައިވެރިވުމަށް 500.00 (ފަސްސަތޭކަ) ޔޫ އެސް.ޑޮލަރުގެ ނޮން ރީފަންޑަބަލް ބިޑް ޑޮކިއުމަންޓް ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 14 އޮގަސްޓު 2016 އިން 30 އޮގަސްޓު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 15:00 އަށް މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުންނެވެ. ރާއްޖެއިން ބޭރުގެ ފަރާތްތަކުންނަމަ، ޓީޓީ މެދުވެރިކޮށް ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެއެވެ.
Account Number: 7701 100668 001
Swift Code: MALBMVMV
Account Name: Maldives Transport and Contracting Company Plc.
Bank Name: Bank of Maldives Plc, Main Branch
Bank Address: 20094, Head Office 11, Boduthakurufaanu Magu, , Male’, Republic of Maldives
2. ބީލަންފޮތުގެ ސޮފްޓްކޮޕީ މިކުންފުނީގެ ވެބްސައިޓް www.mtcc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބީލަންފޮތުގެ ސޮފްޓްކޮޕީ (ސީޑީގައި) މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.
3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 10،000.00 (ދިހަހާސް) ޔޫއެސްޑޮލަރު ރީފަންޑަބަލް، ބިޑްސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހޭނެއެވެ. ބިޑްސެކިއުރިޓީއާ ގުޅޭ އިތުރު ތަފުސީލު ބިޑްޑޮކިއުމަންޓުގެ ދެވަނަ ވޮލިއުމުގައި ހިމެނިފައިވާނެއެވެ.
4. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނެ ދުވަހެއް ބިޑްޑޮކިއުމެންޓް ގަންނަ ފަރާތްތަކާ ފަހުން ހިއްސާ ކުރެވޭނެއެވެ.
5. ބީލަން ހުށަހެޅުން އޮންނާނީ 2016 އޮގަސްޓު 30 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތަށް އެދި ހުށަހަޅާނީ ބިޑް ޑޮކިޔުމެންޓުގައި މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އެމް.ޓީ.ސީ.ސީ ޓަވަރ، ދެވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
8 ޛުލްޤަޢިދާ 1437