އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯރެޓަރީ ޓެކްލޮޖިސްޓުގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު   

މި ހޮސްޕިޓަލުގެ ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މި މަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހެކެވެ.

މަގާމު:

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:  MS1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް::

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން:

ރިހިބިލިޓޭޝަން އެންޑް ޑައިގްނޯސްޓިކް ޑިޕާޓްމަންޓް

ލެބޯރެޓަރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ލެބޯޓްރީ ޓެސްޓުތައް ކުރުމާއި، ޓެސްޓުތަކުގެ ނަތީޖާ ރަނގަޅުތޯ ބެލުމަށްޓަަކައި، ޗެކްކުރުމާއި ރިޕޯޓުތައް ރަޖިސްޓަރީއަށް އެންޓަރކުރުން 

ތަޢުލީމާއި ތަޖުރިބާ:

 

 

  1. މެޑިކަލް ލެބޯރެޓަރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މެޑިކަލް ލެބޯރެޓަރީ ދާއިރާއިން އޮނިގަނޑުގެ ލެވެލް 4 ގެ ސަަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ރެޖިސްޓްރޭޝަން ލައިސަންސް ހުށަހަޅާ މަޤާމުތަކަށް މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަނުގެ ކޮޕީ އަދި ލައިސަންސްގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

 

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 13:30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ސުންގަޑި:

2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335343 އެވެ. ނުވަތަ 3335234 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ