އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ބޭސްޑް އައިޕީ ފޯނު ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ
އިޢުލާން
ސޮފްޓްވެއަރ ބޭސްޑް އައިޕީ ފޯނު ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ
ކޮމިޝަނުގެ އިދާރާގެ ނަންބަރު: 65/A)AB-2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ކޮމިޝަނުގެ ރިކުއަރމަންޓަށް ނުފެތޭތީ، އެ އިޢުލާނު ބާޠިލުކޮށް، އައިޕީ ފޯނު ސިސްޓަމެއް ވިއްކާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 14:00 |
2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭނެ ތަކެތި:
- ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
- މުއްދަތު:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
- މަސައްކަތަށް ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު (ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި ކަންކަމުގައި މަސައްކަތަށް ކުރިމަތިލާ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
- އެ މަސައްކަތަކާ ގުޅިގެން ކޮމިޝަނުން ދޭ މަޢުލޫމާތުޝީޓުގައި ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތުތައް.
ނޯޓު:
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
8 ޛުލްޤަޢިދާ 1437
11 އޮގަސްޓް 2016
ހޯދާ